ސުޕީރިއަރކޯޓު ތަކުގެ ތެރެއިން އިސްޤާޟީން ހަމަޖެހިފައިނުވާ 03 ކޯޓަށް އިސްޤާޟީން ކަނޑައަޅައިފި

28/5/2018

ސުޕީރިއަރކޯޓުތަކުގެ ތެރެއިން އިސްޤާޟީން ހަމަޖެހިފައިނުވާ 03 ކޯޓު ކަމުގައިވާ ކްރިމިނަލް ކޯޓު،ޑްރަގް ކޯޓު އަދި ޖުވެނައިލްކޯޓަށް އިސްޤާޟީން ކަނޑައެޅުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ މިއަދު ބޭއްވުނު ކޮމިޝަނުގެ 2018/31 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓުންނެވެ. ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ނިންމަވާފައިވަނީ އަލްއުސްތާޛު އަޙުމަދު ޙައިލަމްއެވެ. އަދި ޑްރަގް ކޯޓުގެ އިސް ޤާޟީކަމަށް ކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު އައްޔަނުކުރުމަށާއި، ޖުވެނައިކޯޓުގެ އިސް ޤާޟީ ކަމަށް އަލްއުސްތާޛު ސަޢީދު އިބްރާހިމް އައްޔަނުކުރުމަށްވެސް ކޮމިޝަނުން ނިންމިއެވެ.