ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުކަމުގެ މަޤާމަށް 04 ބޭފުޅުން އައްޔަނުކުރުމަށް ނިންމައިފި

25/4/2018

ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް 02 ބޭފުޅުން އަދި ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް 02 ބޭފުޅުން އައްޔަނުކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ މިއަދު ބޭއްވުނު ކޮމިޝަނުގެ 2018/26 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓުންނެވެ. ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ނިންމަވާފައިވަނީ ގއ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓެރޭޓުގެ މަޤާމުގައި ހުންނެވި ގއ.ވިލިނގިލި ފްރެޝް، ޙަސަން ނަޖީބާއި ވ.ފެލިދޫ ވިނަރެސް، އިސްމާޢީލް ރަޝީދު އެވެ. އަދި ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް ނިންމަވާފައިވަނީ ގދ.ފަރެސްމާތޮޑާ މާތޮޑާއަވަށް. މުޝްތަރީގެ، ޙާފިޘާ ޢަބްދުއްސައްތާރާއި ގދ. ތިނަދޫ ޒެނިތު، ޙުސައިން ފާއިޒް ރަޝާދުއެވެ.

 

25 އޭޕްރީލް 2018