ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ސަސްޕެންޑްކުރަށް ނިންމައިފި

7/2/2018

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ހައްޔަރުކުރެވިފައިވާކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވާފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާޢިދުގެ 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ގޮތެއް ކަނޑައެޅުމަށްޓަކައި، ބޭއްވުނު ކޮމިޝަނުގެ ބައްދަލުވުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދާމެދު ދައުލަތުގެ ތަހުޤީޤީ އިދާރާތަކުން ބަލަމުންދާ މައްސަލައިގައި އެ އިދާރާއިން ގޮތެއް ކަނޑައަޅައި ކޮމިޝަނަށް އަންގައި، ކޮމިޝަނުން ގޮތެއް ކަނޑައަޅަންދެން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަނުން ނިންމައިފިއެވެ.

 

07 ފެބްރުއަރީ 2018