ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަަލަ ނިމެންދެން ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތަކުން އެކަހެރި ކުރުމަށް ނިންމުން

24/8/2017

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަަލަ ނިމެންދެން ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތަކުން އެކަހެރި ކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

މިގޮތަށް ކޮމިޝަނުން ނިންމީ، ކޮމިޝަނުން ބަލަމުންދާ ޝަކުވާއަކާ ގުޅިގެން ކޮމިޓީގެ ތަޙްޤީޤަށް ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙުމަދު ރަޝީދު 23 އޮގަސްޓް 2017 ގައި ޙާޟިރުވެ ޝަކުވާއާ ގުޅޭގޮތުން ދީފައިވާ ބަޔާނާއި، މި ޝަކުވާއާ ގުޅިގެން ހުށަހެޅިފައިވާ ހެކިންނަކީ ކްރިމިނަލް ކޯޓުގެ ބައެއް ޤާޟީންނާއި ބައެއް މުވައްޒަފުން ކަމަށްވުމުން، ޝަކުވާ ރައްދުވާ ފަނޑިޔާރު ޤާޟީ އަލްއުސްތާޛު އަޙުމަދު ރަޝީދު ކޯޓަށް ނުކުމެ މަސައްކަތް ކުރެވޭގޮތަށް އޮވެއްޖެނަމަ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ބޮޑުކަމަން ކޮމިޓީއަށް ޤަބޫލުކުރެވޭތީ، ޤާޟީ އަޙުމަދު ރަޝީދު ކްރިމިނަލް ކޯޓުގެ މަސައްކަތަށް ނުކުމެ އުޅުމަކީ ކޮމިޓީން ކުރަމުންދާ ތަޙްޤީޤަށް ހުރަސްތަކެއް އެޅިދާނެ ކަމެއްކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަޙްޤީޤުކޮމިޓީން މި ޝަކުވާގެ ތަޙްޤީޤު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ޤާނޫނުގައިވާ ގޮތުގެމަތީން ލިބެންޖެހޭ ފުރުޞަޠުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ.

24 އޯގަސްޓް 2017