ފެމިލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އެންގުމަށް ކޮމިޝަނުން ނިންމައިފި

22/2/2016

ފެމިލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އެންގުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ ފެމިލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދާ ބެހޭގޮތުން ކޮމީޝަނަށް ހުށަހެޅި ތަޙަޤީޤުކުރަމުންދާ ޝަކުވާއަކާ ގުޅިގެން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަޙްޤީޤުކޮމިޓީން މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ޤާނޫނުގައިވާގޮތުގެމަތީން ލިބިދެވެންޖެހޭ ފުރުޞަޠުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ.