ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

17/1/2016

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ކުރި އިޢުލާނާއި ގުޅިގެން ތިން ބޭފުޅަކު އެ މަޤާމަށް ކުރިމަތި ލައްވައިފިއެވެ.

އެގޮތުން އެ މަޤާމަށް ކުރިމަތި ލާފައި ވަނީ ކްރިމިނަލް ކޯޓްގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަބްދުލް ބާރީ ޔޫސުފާއި އެކޯޓުގެ ޤާޟީ އަލްއުސްތާޛު ސަޢީދު އިބްރާހިމުގެ އިތުރުން ވައިކަރުދޫ ކޯޓްގެ ކޯޓުއިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ނިޔާޒެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން، ބޭފުޅަކު ޢައްޔަންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން މިހާރު ގެންދަނީ ކޮމިޝަނުން ކުރަމުންނެވެ. ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާންގެ މުއްދަތު ހަމަވެފައިވަނީ 14 ޖެނުއަރީ 2016 ގައެވެ.