ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖައްސަވައިފި

didi
7/1/2016

ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖެއްސުމަށް މިއަދު ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ “ފަނޑިޔާރުން ޢައްޔަނުކުރުމުގައި ކޮމިޝަނަށް ލަފާދޭކޮމިޓީ” ގެ ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”ން ކަނޑައަޅާފައިވާ ކްރައިޓީރިއާ އާއި އެއްގޮތަށް މާކްސް ދީ، އިންޓަރވިއުކޮށް، އެކޮމިޓީން ކޮމިޝަނަށް ހުށަހަޅާފައިވާ ކަރުދާހުގައިވާ ފަރާތްތަކުގެ ތެރެއިން، ހައިކޯޓުގެ އިސްފަނޑިޔާރަކު ހަމަޖެއްސުމަށް މިއަދު ކޮމިޝަނުގައި ނެގުނު ސިއްރުވޯޓުންނެވެ.