ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ސަރކިއުލަރގައިވާގޮތުގެ މަތިން ސިވިލްކޯޓުގެ ޑިވިޜަންތަކަށް ޤާޟީން ހަމަޖައްސައިފި

23/2/2015

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2015/04/SC (14 ޖެނުއަރީ 2015) ސަރކިއުލަރގައިވާގޮތުގެ މަތިން ސިވިލްކޯޓުގެ ޑިވިޜަންތަކަށް ޤާޟީން ހަމަޖައްސަވައިފިއެވެ. އެގޮތުން އެކޯޓުގެ ފަސް ޑިވިޜަނަށް ޤާޟީން ހަމަޖައްސައިފައިވަނީ ތިރީގައިވާ ގޮތަށެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން

  1. އަލްއުސްތާޛާ މަރްޔަމް ނިހާޔަތު
  2. އަލްއުސްތާޛު ފަރުހާދު ރަޝީދު
  3. އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ

މުދަލާއި ވިޔަފާރިޔާ ބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަން

  1. އަލްއުސްތާޛު ޢަލީ ނަޞީރު
  2. އަލްއުސްތާޛު ހާތިފް ޙިލްމީ

މުދަލާއި ވިޔަފާރިޔާ ބެހޭ ކުދި މައްސަލަތަކާއި، އަވަސް ނިޔާގެ މައްސަލަތައް ބަލާ ޑިވިޜަން

  1. އަލްއުސްތާޛު ޙުސައިން މަޒީދު
  2. އަލްއުސްތާޛު ޢަބްދުއްނާޞިރު ޝަފީޤު
  3. އަލްއުސްތާޛު މުޙައްމަދު ޙަލީމް

އިދާރީ މައްސަލަތައް ބަލާ ޑިވިޜަން

  1. އަލްއުސްތާޛު ޢަބްދުﷲ ޢަލީ
  2. އަލްއުސްތާޛު ޢަލީ ޢަބްދުﷲ

ޙުކުމް ތަންފީޛު ކުރުމާއި ބެހޭ ޑިވިޜަން

  1. އަލްއުސްތާޛު ޒުބައިރު މުޙައްމަދު
  2. އަލްއުސްތާޛު ޙަސަން ފަހީމް އިބްރާހިމް