ސުޕީރިއާ ކޯޓްތަކުގެ ފަނޑިޔާރުކަމަށް ފަސް ބޭފުޅަކު އައްޔަނުކުރަން ނިންމައިފި

16/2/2015

ސުޕީރިއާ ކޯޓުތަކުގެ ތެެރެއިން ކްރިމިނަލް ކޯޓާއި ސިވިލްކޯޓަށް ކޮމިޝަނުން ފަނޑިޔާރުން ޢައްޔަންކުރަން ނިންމައިފިއެވެ.

ކޮމިޝަނުން މިރޭ ބޭއްވި ޖަލްސާގައި ކްރިމިނަލްކޯޓުން ހުސްވެފައިވާ ފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރަން ނިންމީ ހުޅުމާލޭ ގޯތި 06- 14 އަލްއުސްތާޛު އަޙްމަދު ރަޝީދެވެ. ސިވިލްކޯޓުގެ ފަނޑިޔާރުކަމަށް އަލަށް ޢައްޔަންކުރަން ނިންމި ހަތަރު ބޭފުޅުންނަކީ، ހދ.މަކުނުދޫ ޕިކެޑްލީ އަލްއުސްތާޛު ޙަސަން ފަޙީމް އިބްރާހީމާއި ގ.ފަރިދޫ އަލްއުސްތާޛު ޢަލީ ޢަބްދުﷲ އާއި ޅ.ކުރެންދޫ ރީޙުއްޞަބާ އަލްއުސްތާޛު ޢަބްދުއްނާޞިރު ޝަފީޤާއި ނ.ވެލިދޫ އެލްޕާޝޯ އަލްއުސްތާޛު މުޙައްމަދު ޙަލީމެެވެ.