ގއ.ވިލިނގިލި މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޙަސަން ނަޖީބުގެ ސަސްޕެންޝަން ނިމުމަކަށް ގެނައުމަށް ކޮމިޝަނުން ނިންމުން

4/8/2013

ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޙަސަން ނަޖީބުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެންފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިން ކަމަށްބުނާ ދަޢުވާއާ ގުޅިގެން އެމައްސަލަ ވަކިގޮތަކަށް ނިމެންދެން ނުވަތަ މިކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން މިކޮމިޝަނަށް ލިބިފައިވާ ބާރުގެ ދަށުން އެމައްސަލަ ވަކިގޮތަކަށް ނިމެންދެން މެޖިސްޓްރޭޓް  އަދާކުރަމުން ދިޔަ ވަޒީފާޔަށް 20 ނޮވެމްބަރ 2009 ވަނަ ދުވަހުން ފެށިގެން ނުނިކުންނަވައި ގޭގައި މަޑުކޮށްލުމަށް މި ކޮމިޝަނުން އަންގާފައިވާ އެންގުން މިއަދު (01 އޯގަސްޓް 2013 ) ން ފެށިގެން ނިމުމަކަށް ގެނައުމަށް ކޮމިޝަނުން ނިންމިއެވެ.

މިގޮތަށް ނިންމާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރި މައްސަލަޔާ ގުޅިގެން ޙަސަން ނަޖީބުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ނަމްބަރ: (2341/JC/2009)571/Cr-C/2010 ޤަޟިއްޔާ އިން ނިންމެވުމާ ގުޅިގެން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް  ކުރުމާގުޅިގެން  އެކޯޓުގެ  ނަމްބަރ: 2012/HC-A/165 ޤަޟިއްޔާ އިން ވެސް ކްރިމިނަލްކޯޓުގެ ޙުކުމަށް ތާޢީދުކޮށްފައި ވާތީއާއި އަދި މިމައްސަލަ ސުޕްރީމްކޯޓުގައި އިލްތިމާސ ކުރުމުގެ ޤާނޫނީ މުއްދަތު ހަމަވެފައިވުމާއެކު މިހާތަނަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސް ކުރައްވާފައި ނުވާތީ، މިމައްސަަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމްކޯޓުގައި އިލްތިމާސް ކުރުމަށް ޤަޞްތުކުރައްވާތޯ ނުވަތަ ނޫންތޯ ސާފުކުރުމަށް މިކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމުން މިމައްސަލަ ސުޕްރީމްކޯޓުގައި އިލްތިމާސް ކުރުމަށް ޤަސްތު ނުކުރައްވާ ކަމަށް ބަޔާންކޮށް އެއޮފީހުގެ ނަމްބަރ: 196-A/195/2013/04 ސިޓީން އެންގެވުމާ ގުޅިގެންނެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވުނު ކޮމިޝަނުގެ 74 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.

01 އޯގަސްޓް 2013