ޑްރަގް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮށްފައިވާ އިޢުލާންގެ މުއްދަތު އިތުރުކުރުމަށް ކޮމިޝަނުން މިއަދު ނިންމަވައިފި
ޑްރަގް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮށްފައިވާ އިޢުލާންގެ މުއްދަތު އިތުރުކުރުމަށް ކޮމިޝަނުން މިއަދު ނިންމަވައިފިއެވެ.
މިގޮތަށް ކޮމިޝަނުން ނިންމެވީ، ޑްރަގް ކޯޓަށް ފަނޑިޔާރުން ހޯދުމަށްކޮށްފައިވާ އިޢުލާނުގެ މުއްދަތު 19 ޖެނުއަރީ 2012 ވަނަ ދުވަހުގެ މެންދު 12:30 ހަމަވިއުރު، މިހާރު ޤައުމަށް ދިމާވެފައިވާ ސަބަބުތަކާގުޅިގެން ކޯޓުތަކުން ހޯދަންޖެހޭ ބައެއް ލިޔުންތައް ލިބުމުގައި ދަތިތަކެއް ދިމާވުމާގުޅިގެން، ބައެއްފަރާތްތަކުން އެޕްލިިކޭޝަން ހުށަހެނޭޅި، އެކަމުގެ ޝަކުވާ ކޮމިޝަނަށް ހުށަހަޅަމުން ގެންދަމުން ދިއުމާއެކު، އެކަންކަމަށް ކޮމިޝަންގައި މަޝްވަރާކުރުމަށް ފަހުގައެވެ.
އެގޮތުން، ޤައުމަށް މިހާރު ދިމާވެފައިވާ ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކުރައްވާ ކޮމިޝަނުން ނިންމެވީ، ޑްރަގް ކޯޓުގެ ފަނޑިޔާރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ރަސްމީގަޑީގެ ނިޔަަލަށް އިތުރުކުރުމަށެވެ.