ނޫސްބަޔާން

8/9/2011

ސުޕީރިއާރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނުން ހަދާފައިވާ ޤަވާޢިދު،  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކާ ޚިލާފުކަމަށް ބުނެ، ސުޕީރިއާރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި މިހާރު ކޮމިޝަނުން ކުރަމުންދާ މަސައްކަތާ ބެހޭގޮތުން ބައެއް ފަރާތްތަކުން ކަމުގެ ޞައްޙަަ މަޢުލޫމާތު ނުހޯދާ، ދައްކަމުން ގެންދާ ވާހަކަތަކާ ގުޅޭގޮތުން ދަންނަވަމެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުޕީރިއާކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި  ކުރެވޭ މަސައްކަތުގެ އެންމެ ފުރަތަމަ މަރުޙަލާއިން ފެށިގެން މިއަދާހަމައަށްވެސް މިކޮމިޝަނުން މަސައްކަތްކޮށްފައިވާނީ، ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގެ އިމުގެ ތެރެއިން އިންޞާފާއި ހަމަހަމަކަމަށް ބަލައިގެން ކޮމިޝަނުން އެމަސައްކަތަށް އެކުލަވާލި ޕެނަލުގައިި މަޝްވަރާކުރެވިގެންނެވެ. އަދި މި މަސައްކަތުގައި މިއަދާހަމައަށް ކުރެވިފައިވާ އެއްވެސް ކަމެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކާ ޚިލާފު  އެއްވެސް ކަމެއް ހިނގާފައި ނުވާނެކަން، މި ކޮމިޝަނުށް ކަށަވަރު ކޮށްދެމެވެ.

އެހެންކަމުން، ޤާނޫނުއަސާސީއާއި ކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކުގެ ދަށުން މިކޮމިޝަނާ މަތިކުރެވިފައިވާ ވާޖިބުތަކާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ކުރަމުން އަންނަ މި މުހިންމު މަސައްކަތާމެދު، ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް، ކަމުގެ ޞައްޙަ މަޢުލޫމާތު ނުހޯދައި، ޙަޤީޤަތާ ޚިލާފު ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.