ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހިންގާ ޤަވާއިދު ފާސްކޮށް، 2011 މެއި 01 ވަނަ ދުވަހުން ފެށިގެން އެޤަވާއިދަށް ޢަމަލުކުރަން ފެށުމަށް ކޮމިޝަނުން ނިންމައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހިންގާ ޤަވާއިދު ފާސްކޮށް، 2011 މެއި 01 ވަނަ ދުވަހުން ފެށިގެން އެޤަވާއިދަށް ޢަމަލުކުރަން ފެށުމަށް ކޮމިޝަނުން ނިންމައިފިއެވެ.
މިކަމަށްޓަކައި 24 އޭޕްރީލް 2011 ވަނަ ދުވަހުގެރޭ ބޭއްވުނު ކޮމިޝަންގެ ޖަލްސާއިން މިގޮތަށް ނިންމީ ކޮމިޝަންގެ ހިންގާ ޤަވާއިދަށް މެމްބަރު ހުށަހަޅުއްވާފައިވާ އިޞްލާޙުތަކަށް އެކި ޖަލްސާތަކުގައި ބަހުސްކޮށް، އެމާއްދާތައް އިޞްލާޙުކުރުމަށްފަހުގައެވެ. އެގޮތުން ޤަވާއިދު ފާސްކުރުމަށްފަހު، ޤަވާއިދަށް ގެނެވިފައިވާ އިޞްލާޙުތަކާއެކު ޤަވާއިދުގެ ކޮންސެޕްޓަށް ބަދަލު ނާންނާނެހެން އިބާރާތުގެ ކުށެއް ވާނަމަ އެކަން ރަނގަޅުކުރުމަށާއި، އިމްލާ ކުށްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރުމަށް ކޮމެޓީއަކާވެސް ވަނީ ހަވާލުކުރެވިފައެވެ.
ރޭގެ ޖަލްސާގައި ކޮމިޝަންގެ ހިންގާ ޤަވާއިދު ފާސްކުރުމަށްފަހު، ކޮމެޓީއާ ހަވާލުކުރެވިފައިވާ މަސައްކަތް ނިމުމުން، ކޮމިޝަންގެ ވެބްސައިޓްގައި މި ޤަވާއިދު އާންމުކުރާގޮތަށް ވަނީ ނިންމާފައެވެ.